navLogo

މިއަހަރު ޖަރުމަނުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަރައިފި

މިއަހަރު ޖަރުމަނުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަރައިފި
redhan online
މަރިޔަމް ޝިޔާނާ

މި އަހަރުގެ މިހާތަނަށް، ޖަރުމަނުވިލާތުން އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ފަސްވަނައިގައި އޮތް މުހިންމު ގައުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް (2024 ވަނަ އަހަރު) ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 6.9 ޕަސެންޓަކީ ޖަރުމަނު ފަތުރުވެރިންނެވެ. ޖަރުމަނުން މި އަހަރުގެ މިހާތަނަށް 100,546 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގަދަ 10 ގައުމު ތިރީގައި މިވަނީއެވެ.

ޗައިނާ: 230,374 ފަތުރުވެރިން

ރަޝިއާ: 174,434 ފަތުރުވެރިން

އިނގިރޭސިވިލާތް: 132,732 ފަތުރުވެރިން

އިޓަލީ: 105,379 ފަތުރުވެރިން

ޖަރުމަނު: 100,546 ފަތުރުވެރިން

އިންޑިއާ: 83,353 ފަތުރުވެރިން

އެމެރިކާ: 42,947 ފަތުރުވެރިން

ފްރާންސް: 40,673 ފަތުރުވެރިން

ސްޕެއިން: 33,057 ފަތުރުވެރިން

އޮސްޓްރޭލިއާ: 26,678 ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,464,464 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ޖުމްލަ ފަތުރުވެރިންގެ 73.4 ޕަސެންޓް ނުވަތަ 1,074,917 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.

އޭގެ އިތުރުން 319,516 ފަތުރުވެރިން (21.8 ޕަސެންޓް) ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު، 38,421 ފަތުރުވެރިން ހޮޓާތަކުގައި، އަދި 29,699 ފަތުރުވެރިން ޓޫރިސްޓް އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރިއެވެ. އެހެނިހެން ތަންތަނުގައި 1,012 ފަތުރުވެރިން ޗުއްޓީ ހޭދަކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި، 896 ގެސްޓްހައުސް، 161 ސަފާރީ އުޅަނދު، އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ. މި ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ފުޅާވެ، އިތުރު ފަތުރުވެރިންނަށް ހިދުމަތްދެމުންނެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356