navLogo

އެސްޓީއޯގެ މެގަ ސޭލްސް ޕްރޮމޯޝަން ފަށައިފި

އެސްޓީއޯގެ މެގަ ސޭލްސް ޕްރޮމޯޝަން ފަށައިފި
redhan online
މަރިޔަމް ޝިޔާނާ

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން "މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މެގަ ޕްރޮމޯޝަންގެ ދަށުން ދެ ވައްތަރެއްގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 500 ރުފިޔާއަށްވުރެ މަތިން ޚަރަދުކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޚާއްޞަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ދޭ ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. މި ލަކީ ޑްރޯގެ ގުރުއަތުން ތިން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ނަސީބުވެރިންނަށް އަގުބޮޑު ގިނަ އިނާމުތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

ލަކީ ޑްރޯގެ އިނާމުތައް:

1. އެއްވަނައަށް ހޮވޭ ފަރާތަށް - ފިލިޕްސް 50 އިންޗީގެ ޓީވީއަކާއި، ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރިއެއް

2.ދެވަނައަށް ހޮވޭ ފަރާތަށް - ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަމެޝިން އަދި ހިޓާޗީގެ ފަންކާއެއް

3.ތިންވަނައަށް ހޮވޭ ފަރާތަށް - ހިޓާޗީ ޑިޝްވޮޝަރ އަދި ރައިސް ކުކަރެއް

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ޚާއްޞަ ކެމްޕޭންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖްތަކަށް ފޮލޯކުރެއްވުމަށްފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑްކުރާ ފޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާކުރެއްވުމުން، ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރެއް ލިބިވަޑައިގަތުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކުރައްވާފައެވެ.

 

ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް#stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް #MegaSalePC އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފަރަޔާ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށެވެ

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356