navLogo

އެސްޓީއޯ އަދި މަކިޓާ: 25 އަހަރުގެ ކާމިޔާބު ޕާޓްނަރޝިޕް

އެސްޓީއޯ އަދި މަކިޓާ: 25 އަހަރުގެ ކާމިޔާބު ޕާޓްނަރޝިޕް
redhan online
މަރިޔަމް ޝިޔާނާ

1915 ވަނަ އަހަރު ޖަޕާނުގައި ތަޢާރަފުކުރެވުނު މަކިޓާ ބްރޭންޑުގެ ޕަވަރ ޓޫލްތަކަކީ ދުނިޔޭގެ ބާޒާރުގައި އޭގެ ފެންވަރަށް ނުފެތޭ، މަޝްހޫރު އަދި ފެންވަރު ރަނގަޅު ބްރޭންޑެކެވެ. މަކިޓާގެ ވިޔަފާރި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާވެ، ކުރިއަރަމުން ދިޔުމާއެކު، 25 އަހަރުގެ ކުރިން އެސްޓީއޯއިން ވަނީ މަކިޓާ ދިވެހިރާއްޖެއަށް ތަޢާރަފުކޮށްފައެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ވޭތުވެދިޔަ އަހަރުތަކުގައި އެސްޓީއޯއިން ވަނީ މެދުނުކެނޑި މަކިޓާ ބްރޭންޑުގެ އަގުހުރި، ފެންވަރު ރަނގަޅު ގިނަ ޓޫލްތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފައެވެ. މަކިޓާ އަދި އެސްޓީއޯގެ ޕާޓްނަރޝިޕަށް ކާމިޔާބު 25 އަހަ އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް އެސްޓީއޯއިން ދަނީ ގިނަގުނަ ތައްޔާރީތަކެއް ވަމުންނެވެ.

މި މުނާސަބަތާ ގުޅިގެން، މަކިޓާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚާއްޞަކޮށް އެސްޓީއޯއިން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން މަކިޓާގެ އުފެއްދުންތައް ގަތުމުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮމޯޝަނަކީ އެސްޓީއޯ އަދި މަކިޓާގެ 25 އަހަރުގެ ދިގު ޕާޓްނަރޝިޕް ފާހަގަކުރުމުގެ ގޮތުން މަކިޓާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަންސުން ކުރިއަށް ގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެކެވެ.

 މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައއި އެސްޓީއޯ ކޮންސްޓްރަކްޝަނުން ވިއްކާ މަކިޓާގެ ގިނަ ޕަވަ ޓޫލް ތަކަކުން 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމަގައެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356