navLogo

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ޖެނުއަރީ 1، އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ޖެނުއަރީ 1، އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ: ރައީސް
PO Office
މަރިޔަމް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ޖެނުއަރީ 1، އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Loading tweet...

ރައީސް ޑރ. މުޙައްމަދު ވަނީ ދާދިފަހުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

މިކަމަށް ޢިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ކަނޑައަޅުއްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރެއިން ބައެއް ކަންކަން މިފެށޭ ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ދާނެކަމަށެވެ.

ރައީސްގެ ޕޯސްޓާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ރައީސްގެ މި ނިންމެވުމާއެކު 2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް މުޅިސަރުކާރުން ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެކަމަށެވެ. އަދި މިއީ، ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ބޮޑު ފަސޭހައަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމުގައި މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމާއި ކަންކަން ފަހިކޮށް ދިނުމަށް ގެންނަ ބަދަލުތައް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ސަޢީދުވެސް ވަނީ ދެއްވާފައެވެ.

Rate this article

Leave a Comment

Comments (0)