ހޮންޑާ ބްރޭންޑްގެ ސައިކަލުތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ، ރާއްޖޭގެ ހޮންޑާގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން "މެގާ ބޭޝް 2025"ގެ ޕްރޮމޯޝަނަށް އޮތް ތަރުހީބު ބޮޑުވެ، ޕްރޮމޯޝަންގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 15 އަށް އިތުރުކޮށްފިއެވެ
މި ޕްރޮމޯޝަނަކީ ޝީޝާ އިން ކޮންމެ އަހަރަކުވެސް އަޅުވާ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކަށް ކަމުދާ ޕްރޮމޯޝަނެވެ.
ފާހަގަކޮށްލަން ޖެހޭ ކަަމަކީ މި އަހަރުގެ މެގަ ބޭޝް ޕްރޮމޯޝަންގެ ދަށުން ހުރިހާ ސައިކަލަކުންވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެމުންދާ ކަމެވެ. އަދި މި ޕްރޮމޯޝަންގައި ހޮންޑާ ސައިކަލުތަކުގެ އައު މޮޑެލްތަކުންވެސް ބޮޑެތި ޑިސްކައުންޓް ތަކެއް ލިބިގެންދާނެއެވެ.
ސީޝާ އިން ބުނިގޮތުގައި، އެ ކުންފުނީގެ އައުޓްލެޓްތަކުގައި ސައިކަލުތަކުގެ ސްޓޮކް ހުންނާނެއެވެ. އަދި އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ފަރާތްތަކަށްވެސް ވޮލެޓަށް ލުއި އިންސްޓޯލްމެންޓް ޕްލޭންތަކެއް އެ ކުންފުނިން ހަމަޖަައްސާދީފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މެގަ ބޭޝް ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ގިނަބަޔަކަށް ކަމުދާ ކަމަކީ"ޒީރޯ ފައިނެންސް ޗާޖް" ޑީލް ތަކެެވެ. މި ޑީލްގެ ދަށުން %50 ޑައުންޕޭމެންޓް ދެއްކުމަށް ފަހު ބާކީ އޮތް %50 ހަ މަހާއި 12 މާހާއި ދެމެދު އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ސައިކަލު ގަނެވޭނެއެވެ.
ހޮންޑާ އައުލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއްގައި ހިންގަމުން ދެއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ލ. ގަން. ގއ. ވިލިނގިލި ހިމެނެއެވެ.
ޝީޝާއަކީ ރާއްޖޭގައި ހޮންޑާ ސައިކަލާއި އަދި ޕަވާ ޕްރޮޑަކްޓްސްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ.