navLogo

ވ. އަތޮޅު ކުޑަ އަންބަރާ ކައިރީގައި ސަފާރީއެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ހަރަކާތްތެރިވަނީ

ވ. އަތޮޅު ކުޑަ އަންބަރާ ކައިރީގައި ސަފާރީއެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
މަރިޔަމް

މިއަދު ވ. އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަރަހައްދަށް މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތައް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، "ޔަސާވާ ޕްރިންސަސް" ސަފާރީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ ވ. އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮއްވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުމާއެކު، އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

މިހާރުވެސް އެ ސަފާރީގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަލިފާން ރޯވުމުގެ ސަބަބާއި، މިހާދިސާގައި ސަފާރީއަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ސާފުވާގޮތެއް ނުވެއެވެ.

Rate this article

Leave a Comment

Comments (0)