navLogo

ދިވެހި ރެޑް ކްރެސެންޓުގެ އިންސާނިއްޔަތުގެ މަސައްކަތަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެއްޖެ!

ދިވެހި ރެޑް ކްރެސެންޓުގެ އިންސާނިއްޔަތުގެ މަސައްކަތަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެއްޖެ!
redhan online
މަރިޔަމް ޝިޔާނާ

ދިވެހި ރެޑް ކްރެސކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ދިރާގުން "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ދަށުން 2025-2026 އަހަރަށް އެ ކުންފުނީގެ ޕާޓްނަރޝިޕް އައުކޮށްފިއެވެ.

 މި ޕާޓްނަރޝިޕް އައުކުރުމާއެކު، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަކަށް އެހީތެރިވުމަށް ދިރާގުން ވަނީ އަޒުމު ކަނޑައަޅާފައެވެ

ދިރާގުން ހާމަކުރި ގޮތުގައި، މި ޕާޓްނަރޝިޕްގެ ސގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި، ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ދިނުމުގެ އިތުރުން، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް ހިމެނެއެވެ.

 

މީގެ އިތުރުން، މި ޕާޓްނަރޝިޕްގެޕްގެ ސަބަބުން ދިވެހި ރެޑް ކްރެސެންޓްގެ އިންސާނީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް ދިރާގުން ފާހަގަކޮށްފައިވެއެވެ.

 

ދިރާގުގެ ސީނިއަރ މެނޭޖަރ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވެފައިވަނީ، "ދިވެހި ރެޑް ކްރެސެންޓުން ޤައުމަށް ކޮށްދޭ އަގުހުރި އަދި މުހިންމު މަސައްކަތްތަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމުގެ ފުރުޞަތު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ކުރާ މިންނެތް މަސައްކަތް ފާހަގަކޮށް، ދިރާގުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްފަ އެވެ. މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކޮށްފައިވެ އެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356