navLogo

އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ

އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ
psm news
މަރިޔަމް ޝިޔާނާ

އަންނަ ހަފުތާގައި މޯލްޑިވިއަނުން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ކަމަދުއަށް ތަޢާރަފުކުރުމުގެ ގޮތުން ފުރަތަމަ ދަތުރު މިއަދު ވަނީ ބާއްވާފައެވެ. މި ފްލައިޓުގައި ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރަކަށް ދާދިފަހުން ކަނޑައެޅި "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލަރވެސް ވަނީ ދަތުރުކޮށްފައެވެ.ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން އެރަށަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުުވަހު ކަމަށް މޯލްޑިވިއަނުން ވަނީ އިއުލާންކޮށްފައެވެ.މޯލްޑިވިއަނުން ވިދާޅުވާ ގޮތުގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިއާއެކު ދިވެހިންނަށް ޚާއްސަ ފެއަރވެސް އެ އެއަރލައިނުން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، މާލެއިން ކަމަދުއަށް ސީޕްލޭންގެ ޓިކެޓެއްގެ އަގު އުޅެނީ 1199 ރުފިޔާއަށެވެ.ކަމަދޫއަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި ރަށަށްވެސް އިގްތިސާދީގޮތުން ގިނަ ފައިދާތަކެއް ވެގެންދާނެއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356