navLogo

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި
psm news
މަރިޔަމް ޝިޔާނާ

މާލެއަތޮޅު ކާށިދޫ ފަޅުގައި ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަންނަ ނޮވެމްބަރުމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށު ފަޅުން ބައެއް ހިއްކައިގެންކަމަށެވެ. އެގޮތުން، 115.21 ހެކްޓަރުގެ ސަރަޙައްދެއްގައި، 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން މި ރިސޯޓް ތަރައްޤީކުރެވޭނެކަމަށެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 100 އެނދު ހުންނަން ޖެހޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށް ވާއިރު، މިކަމަށް ޝައުޤުވެރިވާ ދިވެހި އަދި ބިދޭސީ ކުންފުނިތަކަށް މި ފުރުޞަތު ވަނީ މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގެ މެންދުރު 13:00އެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356