navLogo

ދައުލަތުގެ އާމްދަނީ %8 އިތުރުވެ، 26.3 ބިލިޔަން ރުފިޔާއަށް

ދައުލަތުގެ އާމްދަނީ %8 އިތުރުވެ، 26.3 ބިލިޔަން ރުފިޔާއަށް
redhan online
މަރިޔަމް ޝިޔާނާ

މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ ބޮޑުބައެއް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުންދައްކައިފިއެވެ. އެ ވުޒާރާއިން ކޮންމެ ހަފްތާއަކު ނެރޭ، ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން މިއަހަރު މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 26.3 ބިލިޔަން ރުފިޔާ ލިބިފައެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް، ދައުލަަތަށް 26.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.0 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ، 24.3 ބިލިޔަން ރުފިޔާއެވެ. ޖުމްލަ އާމްދަނީއަށް ލިބުނު ކުރިއެރުމާއެކު މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 66 އިންސައްތަ މިހާތަނަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 78 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މިގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު މިހާތަނަށް، 20.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 19.2 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން ވިދާޅުވީ ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 104.6 އިންސައްތަވަނީ އިތުރުވެފައިވާ ކަމަށެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 57.9 އިންސައްތަވަނީ އިތުރުވެފައިވާއިރު، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 17.3 އިންސައްތައިންވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިމިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 56.8 އިންސައްތަ ވަނީއިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.7އިންސައްތައިން އިތުރުވެ، 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 66.1 އިންސައްތަ، 09 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 51.7 އިންސައްތައެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356